Sunday, July 26, 2015

ރުޅި އިސްނުކުރާށެވެ! 1

 
rulhi
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ރަސޫލުﷲ ﷺ އަކީ އަމިއްލަ އެދުންފުޅަށް ވާހަކަ ދައްކަވާ ބޭކަލެއް ނޫންކަމުގައި ﷲ ތަޢާލާ ވަނީ ވަޙީކުރައްވާފައެވެ. އަދި އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލޭގެފާނަށް އިއްވެވޭ ވަޙީއެއްކަމުގައި ނޫނީކުވާކަމުގައެވެ.
﴿وَمَا يَنطِقُ عَنِ الْهَوَىٰ [٣] إِنْ هُوَ إِلَّا وَحْيٌ يُوحَىٰ [٤]﴾  [سورة النجم]
މާނައީ: “އަދި އެކަލޭގެފާނު އަމިއްލަ އެދުންފުޅަކަށް ވާހަކަފުޅެއް ނުމެދައްކަވާމެއެވެ. [3] އެއީ އެކަލޭގެފާނަށް އިއްވަވާ ވަޙީއެއްކަމުގައި ނޫނީ ނުވެއެވެ. [4]”
އެހެންކަމުން ރަސޫލުﷲ ﷺ ކަމެއް ނުކުރުމަށް ނަސޭހަތްތެރިވާނީ އެކަމުގައި ގެއްލުންތަކެއް ހުރުމުންކަމީ އެއްވެސް ޝައްކެއް އޮތްކަމެއް ނޫނެވެ.
عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ، أَنَّ رَجُلًا قَالَ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: أَوْصِنِي، قَالَ: ((لاَ تَغْضَبْ)) فَرَدَّدَ مِرَارًا، قَالَ: ((لاَ تَغْضَبْ)). [صحيح البخاري ٦١١٦]
މާނައީ: އަބޫހުރައިރާ رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
ރަސޫލުﷲ ﷺ ގެ އަރިހުގައި މީހަކު ދެންނެވިއެވެ. އަޅުގަނޑަށް ނަސޭހަތެއް ދެއްވާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ރުޅިނާންނާށެވެ.” ފަހެ ތަކުރާރުކޮށް އެފަދައިން އެއްސެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. “ރުޅިނާންނާށެވެ.”
މިޙަދީޘްގައި ރުޅިނައުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައިއެވަނީ އެކަމުގައި ހުރި ގެއްލުމާއި އެކަމުގެ ނުރައްކާތެރިކަމުންކަން ޔަޤީނެވެ.
ރުޅިއަކީ އޭގެ ސަބަބުން އަޅުގަނޑުމެންގެ ދިރިއުޅުމުގައިވެސް އެތަކެއް ގެއްލުންތަކާއި ހިތްދަތިކަން ލިބޭ އެއްޗެއްކަމީ އަޅުގަނޑުމެން އެންމެންވެސް ދަންނަ ޙަޤީޤަތެކެވެ. އޭގެ ސަބަބުން މިތުރުން ހަތުރުންނަށްވެދެއެވެ. އަދި އާއިލާތައް ރޫޅިދެއެވެ. މުޖުތަމަޢުގެ އެއްބައިވަންތަކަމާއި އެކުވެރިކަން ނެތިދެއެވެ. އެއީ އަޅުގަނޑުމެންގެ މުސްތަޤްބަލަށް ހުރަސްއަޅާ ވިހަ ހަރުފައެއްފަދަ އެއްޗެކެވެ.
ރުޅި އެއީ ޝައިޠާނާގެ ނުބައި ވަސްވާސްތަކުގެ ތެރެއިން ވަސްވާހެކެވެ. އެހެންކަމުން އަޅުގަނޑުމެންނަށް އޮތީ އެފަދަ ޙާލަތްތަކުގައި ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދި ﷲ ތަޢާލާގެ ޙަޟްރަތުގައި ދެންނެވުމެވެ.
ސުލައިމާން ބުން ޞަރްދު رضي الله عنهގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.
كُنْتُ جَالِسًا مَعَ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَرَجُلاَنِ يَسْتَبَّانِ، فَأَحَدُهُمَا احْمَرَّ وَجْهُهُ، وَانْتَفَخَتْ أَوْدَاجُهُ، فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: ((إِنِّي لَأَعْلَمُ كَلِمَةً لَوْ قَالَهَا ذَهَبَ عَنْهُ مَا يَجِدُ، لَوْ قَالَ: أَعُوذُ بِاللَّهِ مِنَ الشَّيْطَانِ، ذَهَبَ عَنْهُ مَا يَجِدُ)) [صحيح البخاري ٣٢٨٢]
މާނައީ: ނަބިއްޔާ ﷺ އަރިހުގައި ތިމަންކަލޭގެފާނު އިށީނދެ އިނީމެވެ. އަދި ދެ މީހަކު ޒުވާބުކުރަމުން ދިޔައެވެ. ފަހެ، އެތަނުން އެކެއްގެ މޫނުވަނީ ރަތްވެފައެވެ. އަދި ކަރުގެ ނާރުތައްވަނީ ފުއްޕާފައެވެ. ފަހެ، ނަބިއްޔާ ﷺ  ޙަދީޘްކުރެއްވިއެވެ. “އޭނާ އެބަހެއް ބުނެފިނަމަ، އޭނާއަށް ޖެހިފައިއެވާ ކަންތައް (އެބަހީ: ރުޅި) ފިލައިގެންދާނޭ ބަހެއް ތިމަންކަލޭގެފާނު ދެނެވަޑައިގަންނަވަމެވެ. ((أَعُوذُ بِاللَّهِ مِنَ الشَّيْطَانِ))(މާނައީ: ﷲގެ ޙަޟްރަތުން ޝައިޠާނާގެ ކިބައިން ރައްކާތެރިކޮށްދެއްވުން އެދެމެވެ.) މިފަދައިން އޭނާ ބުނެފިނަމަ އޭނާއަށް ޖެހިފައިއެވާކަންތައް (އެބަހީ:ރުޅި) ފިލައިގެން ހިނގައިދާނެއެވެ.”
=ނުނިމޭ=

No comments:

Post a Comment