Wednesday, May 20, 2015

ޙައިޟުވުން ހުއްޓުވުމަށްޓަކައި ރަމަޟާންމަހުގައި ބޭސް ބޭނުންކުރުން ހުއްދަތަ؟

 
 fffff
އެފަދަ ބޭހެއް ބޭނުންކުރުމުން، ޑޮކްޓަރުންނާއި އަދި އެކަމުގެ ޢިލްމު ލިބިފައިހުރި ކަމުގެ އަހުލުވެރިންގެ ތެރެއިން އިތުބާރުހުރި ފަރާތަކުން، އެ އަންހެން މީހާއަށާއި އޭނާގެ ދަރިމައިވުމުގެ ނިޒާމަށް ގެއްލުމެއް ނުލިބޭނެކަމަށް އިޤުރާރުވާނަމަ، އެފަދަ ބޭހެއް ބޭނުންކުރުމަކީ މައްސަލައެއްނޫނެވެ. ނަމަވެސް އޭނާއަށް އެއްމެ ފައިދާހުރި ރަނގަޅު ގޮތަކަށްވާނީ އެފަދަ ކަމެއްކުރުމުން ދުރުހެލިވުމެވެ. އެހެނީ، ރޯދަމަހު އަންހެނާ ޙައިޟުވުމުން، ޙައިޟުގެ ދުވަސްވަރު ރޯދައަށް ހުންނަން ނުޖެހުން، އެއީ ލުޔެއް ކަމުގައި އޭނާއަށް ﷲ ތަޢާލާ ލައްވާފައި ވެއެވެ. އަދި އޭގެ ސަބަބުން ދޫވެފައިވާ ރޯދަތައް، އެހެން ދުވަސް ތަކެއްގައި ޤަޟާ ކުރުން ޝަރުޢުކުރައްވައި ރުއްސަވައިފައި ވެއެވެ.
وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم
http://dhisalafiyyah.net/?p=23210

No comments:

Post a Comment